ލ. ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނެކެވެ.
ފުލުހުން މިއަދު ބުނީ، ހިތަދޫގައި މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:42 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ ޒުވާނާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ފުލުހުން ހާމަކުރެއެވެ.
އެނގިފައިވާ ގޮތުގައި އެ ޒުވާނާ ނިޔާވެފައި ވަނީ މަސް ހިފަން ގެންގުޅުނު ދަގަނޑު އޭނާގެ އަތަށް ވަދެ، ފަރުގެ ގަލެއްގައި ތާށިވެގެންނެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށެވެ.