ފުލުހުން ބަލަމުން ގެންދާ ވައްކަމުގެ މައްސަލާއިގައި ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނީ އެމީހާ ހޯދަނީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ފޯނެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ކަމަށެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ވީޑިއޯއެއް ފުލުހުން ވަނީ އާންމުކޮށްފައެވެ.
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީ، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެ މަޢުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ވަނީ މި މީހާއާ ބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ މައި ނަންބަރު 3322111 އަށް ގުޅުމަށް އެދިފައެވެ.