ވޮލެޓެއްް ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ އާންމުކޮށް، އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވޮލެޓެއް ވެއްޓިފައިވަނިކޮށް ވަގަށް ނަގާފައިވާ މީހާގެ ވީޑިއޯ ފުލުހުންގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
އޭނާގެ ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ ވީޑިއޯ އިން ފެންނަ މީހާއަކީ މާފަންނު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ވިލިމާލެ ފެރީ ޓާމިނަލް ކައިރިއަށް ވޮލެޓެއް ވެއްޓިފައިވަނިކޮށް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
އެހެންކަމުން ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މާފަންނު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9660183 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.