ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ އިތުރު ބުރުގެ ވޯޓުލުމުގައި މިހާތަނަށް 3353 މީހަކު ވޯޓު ލައިފިއެވެ.
މި އިންތިޚާބުގެ ވޯޓުލުން ހެނދުނު 8 ޖެހިިރު ފަށާފައިވާއިރު ވޯޓު ލިބުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން 55.03 އިންސައްތަ މީހުންވަނީ ވޯޓުލާފައެވެ. އަދި މިހާތަނަށް 2740 މީހަކު ވޯޓުލާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.
އީސީން ބުނީ މިހާތަނަށް ވޯޓުލި މީހުންނަށް ބަލާއިރު 1625 އަންހެނުންނާއި 1728 ފިރިހެނުން ވަނީ ވޯޓުލާފައެވެ. މި އިންތިޚާބުގައި 6093 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 2901 އަންހެނުންނާއި 3192 ފިރިހެނުންނެވެ.
މިއަދު ބާއްވާ އިންތިޚާބުގެ އިތުރު ބުރުގައި ވޯޓުލުން ކުރިއަށްދާނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިއަށް ކައުންސިލަރަކު ހޮވުމަށެވެ.