ޓްރާސްޕޯޓް އާއި އިކޮނޮމިކްސް އެއްކޮށްލުމަކީ ވަރަށް ނެޗަރަލް ކަމެއް ކަމަށް މިނިސްޓްރީ އޮފް އެކޮނޯމިކްސް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓު އެންޑް ޓްރޭޑްގެ ޕާމެނެންޓް ސެކެޓްރީ ޔޫސުފް ރިޒާ ބުނެފިއެވެ.

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓު އެންޑް ޓްރޭޑްގެ ފަރާތުން ގެނެސްދޭ ޕޮޑްކާސްޓް ސީރީޒް "ޓްރޭޑް ޑެސްކް"ގެ ފުރަަތަމަ އެޕިސޯޑްގައި ވާހަކަ ދައްކަވަމުން ޔޫސުފް ރިޒާ ވިދާޅުވީ ޓްރާސްޕޯޓު އެ މިނިސްޓްރީއާއި ހަވާލުކޮށް ދެ ދާއިރާއެއްކޮށް ގެންދިޔުމުން ރަގަޅު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ރިޒާ ވިދާޅުވީ މެދުއިރުމަތީގެ މިވަގުތު ހިނގަމުންދާ ހަނގުރާމަ އާއި ގުޅިގެން ހަނގުރާމަ ފެށުނު ދުވަހު ރައީސް އުފެއްދެވި ކެބިނެޓްގެ ސަބް ކޮމިޓީގެ ލަފާގެ މަތިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިނިސްޓްރީން މިވަގުތު ބަލަނީ ރާއްޖެއަށް ބޭނުންވާ ފުޑް އެންޑް އެނާޖީ ސެކުއިރިޓީގެ ކަންތައްތައް ވީހާ ކައިރިން ބަލާ މާކެޓްތައް މޮނިޓާކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ކަމަށެވެ.

އަދި ރާއްޖެއަކީ މިޑިލްއީސްޓަށް ބަރޯސާވެފައި އޮތް ގައުމަކަށް ވުމުން އެންމެ މުހިންމު ކަމަކައް ވެފައިވަނީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެހެން މާކެޓްތަކުން ގެނެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށާ އެ މަސަކަތްތައް ކްރައިސިސް ކޮމިޓީގެ ލަފާގެ މަތިން ފޮރިން މިނިސްޓްރީއާއެކު ކުރަމުންދާ ކަމަށް ވެސް ރިޒާ ވިދާޅުވިއެވެ.

އަދި އައިޑިއާއަކީ ރާއްޖެއަށް ލޯނގް ޓާމްގެވެސް ރާއްޖެއަށް އެއްޗެހި އިންޕޯޓު ކުރާ މާކެޓްތައް ޑައިވާސިފައިކުރުން

މިނިސްޓްރީ އޮފް އެކޮނޯމިކްސް ޑިވެލޮޕްމެންޓް ޓްރާންސްޕޯޓު އެންޑް ޓްރޭޑްގެ ޕާމެނެޓް ސެކްޓަރީ ޔޫސުފް ރިޒާ

މި ނިންމުން ނިންމައިފައިވަނީ މިފަދަ ހާދިސާއެއް ކޮންމެ ތަނެއްގައި ވެސް ދިމާވެދާނެ ކަމަށާއި ރާއްޖެއަށް ބޭނުންވާ އެސެންޝިއަލް އައިޓަމްގެ މާކެޓްތައް ޑައިވާސިފައި ކުރެވިއްޖެ ނަމަ މި ފަދަ އެހެން ހާދިސާއަކަށް ބޮޑަށް ތައްޔާރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.