އުތުރުގެ ރަށެއްގައި 8 އަހަރުގެ އަންހެންކުއްޖެއްގެ ދެ އަތް ބަނދެ، ގަހެއްގައި އައްސާފައި ހުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ކުއްޖާ ހުރީ ގަހުގައި ބަނދެފަ އެވެ. ދެ އަތް ފުރަގަށް ވާނެ ގޮތަށް ބަނދެފައިވަނީ ފޮތިގަނޑަކުންނެވެ. މި ކަންކުރީ ކާކު ކީއްވެ ކަމެއް އަދި ސާފެއް ނުވެ އެވެ.