ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި އިންޑިއާ ދެމަފިރިއަކު ހައްޔަރުކޮށްފިއެވެ.
ރާއްޖެއަށް މަސްތުވާތަކެތި ސްމަގްލްކޮށް، ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިމްރާން ޕާޝާ ކިޔާ 33 އަހަރުގެ މީހަކާއި އޭނާގެ އަންހެނުން، 27 އަހަރުގެ ކްރިސް އެމްބްރޯސިއާއެވެ.
ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، އެ ކަމަށް މަސައްކަތް ކުރުމަކީ ދިވެހިރާއްޖޭގެ ޤާނޫނުގައި ކުށެކެވެ.ޚމަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާނަމަ އަދަބަކީ ޢުމުރަށް ޖަލަށްލުމާ އެކު، 100,000 ރުފިޔާ 10،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމެވެ.