ހއ. ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު، ޚިދުމަތް ދޭން ފަށައިފިއެވެ.

މިކަންހާމަކޮށްފައި ވަނީ ފެނަކަ ކޯޕަރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އެގޮތުން ތަކަންދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި އެރަށަށް ގެންދިޔަ އައު ޖެންސްޓް އިންސްޓޯލް ކުރުމަށްފަހު ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ވަނީ ބުނެފައެވެ.

ތަކަންދޫއަށް ގެންގޮސް ބޭނުންކުރަން ފެށީ 250 ކިލޯވޮޓުގެ އައު ޖެންސެޓެކެވެ.

ކަރަންޓުގެ މައްސަލައަކީ، އަތޮޅުތެރޭގެ ބައެއް ރަށްތަކަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ.

މިގޮތުން މި މައްސަލަ ޙައްލު ކުރުމަށް ސަރުކާރުންވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެހެންކަމުން ރަށްތަކުގައި ކަރަންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.