ލުބްނާންއާއި އިސްރާއީލުން 10 ދުވަހުގެ މުއްދަތަކަށް ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބްނާނުގެ ރައީސް ޖޯސެފް އައޫން އާ ބައްދަލު ކުރެއްވުމަށް ފަހު ޓްރަމްޕް ސޯޝަލް މީޑިއާގައި ބުނެފައިވަނީ މި ސުލްހައިގެ އެއްބަސްވުމަށް އަމަލު ކުރަން ފަށާނީ ބުރާސްފަތި ދުވަހުގެ ހަވީރު 5:00 ޖަހާއިރު ކަމަށެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ 'ޓްރޫތް ސޯޝަލް' ގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ "ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމް ކުރުމުގެ ގޮތުން ހަވީރު 5:00 ގައި 10 ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ރަސްމީކޮށް ފެށުމަށް ދެ ލީޑަރުން އެއްބަސްވެފައިވާ ކަމަށެވެ.

އަދި ބުރާސްފަތި ދުވަހު 34 އަހަރަށް ފަހު އިޒްރޭލާއި ލުބްނާންއާއި ދެމެދު ބާއްވާ ފުރަތަމަ މަޝްވަރާއަށް އިޒްރޭލުގެ ބޮޑުވަޒީރު ބީބީ ނަތަންޔާހޫ އާއި ލުބްނާންގެ ރައީސް ޖޯސެފް އައޫން އަށް ވައިޓް ހައުސް އަށް ދައުވަތު ވަނީ ދީފައިވާ ކަމަށް ޓްރޫތު ސޯޝަލްގައި ޓްރަފްވަނީ ބުނެފައެވެ. "ދެ ފަރާތުން ވެސް ބޭނުންވަނީ ސުލްހަ ގާއިމް ކުރަން،" ކަމަށް ޓްރަޕް ބުނެއެވެ.