މިހިނގާ އޭޕްރީލް މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ވަގަށް ނަގާފައިވާ މުދަލުގެ ތެރެއިން 1.4 ރުފިޔާ ހޯދާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ހެންވޭރު، ގަލޮޅު އަދި މާފަންނު ޕޮލިސްގައި މަސައްކަތްކޮއްގެން ވަނީ 1،461،315( އެއް މިލިއަން ހަތަރު ލައްކަ ފަސްދޮޅަސް އެއް ހާސް ތިން ސަތޭކަ ފަނަރަ) ރުފިޔާ ހޯދައިފައެވެ.
އެ ގޮތުން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައި ވައްކަން ކުރި އެންމެ ގިނަ ސާމާނު ހޯދަފައިވަނީ ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެއީ 710،406 ރުފިޔާއެވެ. ދެވަނައަށް އެންމެ ގިނައިން ތަކެތި ހޯދާފައިވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނުންނެވެ. އެއީ 490،286 ރުފިޔާއެވެ. އަދި އެ ލިސްޓްގެ ތިންވަނައިގައި އޮތީ މާފަންނު ޕޮލިސް ސްޓޭޝަނެވެ. އެއީ 260،623 ރުފިޔާއެވެ.
ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ.