ފ.ނިލަންދޫގައި ފިއުލް ސަޕްލައި މޯލްޑިވްސްގެ ފިއުލް ސްޓޭޝަނެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސްޓޭޝަންތަކެއް ޖުމުލަ 18 ރަށެއްގައި ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެތެރެއިން މިހާތަނަށް 5 ސްޓޭޝަންގެ މަސައްކަތް ނިންމާ ޚިދުމަތް ދޭން ވަނީ ފަށާފައެވެ.
ފިއުލް ސްޓޭޝަން ތަރައްޤީކުރާ ރަށްތައް:
ރ. ދުވާފަރު
- ހއ. އިހަވަންދޫ
- ހދ. ހަނިމާދޫ
- ގދ. ފަރެސްމާތޮޑާ
- ށ. މިލަންދޫ
- ނ. މަނަދޫ
- ބ. އޭދަފުށި
- ވ. ފެލިދޫ
- ތ. ހިރިލަންދޫ
- އއ. މަތިވެރި
- މ. މުލައް
- ދ. ކުޑަހުވަދޫ
- ލ. ގަމު
- ފ.ނިލަންދޫ
މިހާތަނަށް މަސައްކަތް ނިމުނު ރަށްތައް:
ހއ.އިހަވަންދޫ
- ހދ.ހަނިމާދޫ
- ރ.ދުވާފަރު
- ބ.އޭދަފުށި
- ފ.ނިލަންދޫ
މާލެއެކޭ އެއްގޮތަށް އަތޮޅުތަކުން ހެޔޮ އަގުގައި ތެޔޮ ނުލިބުމަކީ ރައްޔިތުންގެ އޮތް ވަރަށް ބޮޑު ޝަކުވާއެކެވެ. އެފްއެސްއެމްގެ ޚިދުމަތް މާލޭގެ އިތުރުން ދެމުން އައިސްފައިވަނީ އައްޑޫ ސިޓީ ގަން، ހުޅުމީދޫ، ފުވައްމުލައް ސިޓީ، ކޫއްޑޫ، ތިނަދޫ ސިޓީ އަދި ފެލިވަރުގައެވެ.
ގިނަ އަތޮޅުތަކުގައި ތެޔޮ ފޯރުކޮށްދެނީ އަމިއްލަ ފަރާތްތަކުންނެވެ. އޭގެ ސަބަބުން ތެޔޮ ގަންނަން ލިބެނީ އާއްމު ރޭޓަށްވުރެ އަގު ބޮޑުކޮށެވެ. ކުރިއަށް އޮތް ދެ މަހެއްހާ މުއްދަތުގެތެރޭގައި މުޅި މަޝްރޫޢު އެއްކޮށް ނިންމުމަކީ އެސްޓީއޯގެ ޢަމާޒެވެ.