ވަގުފާ ބެހޭ ގާނޫނެއްގެ ޑްރާފްޓެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ކުރިއަށް ގެންދާކަމަށް އެ ވުޒާރާގެ ވަޒީރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމް ވިދާޅުވީ ޝަރުއީ އަދި ގާނޫނީ ފަރާތްތަކުގެ ލަަފާއާއެކު މި ޑްރާފްޓް ނިންމައި އަންނަ މަހުގެ ކުރީކޮޅު އޭޖީ އޮފީހަށް ފޮނުވިގެންދާނެ ކަމަށެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ އެންމެ ބޮޑު ދެ ވަގުފް މަޝްރޫއުކަމަށްވާ ދާރުއްސަލާމް އަދި ދާރުލް އަރްގަމް މަޝްރޫއުއަށް ބޭންކް އޮފް މޯލްޑިވްސް އިސްލާމިކް ރިއަލް އެސްޓޭޓް ފައިނޭންސިން ހަމަޖެއްސުމާއި ގުޅޭ ފަހުމުނާމާގައި ބޭންކާއި ވުޒާރާއާއި ދެމެދު 30 އޮކްޓޯބަރު 2025 ގައި ވަނީ ސޮއިކޮށްފައެވެ.

ވަގުފު އިންވެސްޓްމެންޓްގެ ދަށުން ބޮޑު ތިން މަޝްރޫއެއް ކުރިއަށް ގެންދަން ނިންމާފައިވާކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.