ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފިއެވެ.

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެންނަވައިފައިވާ އިރު، ބައެއް ވުޒާރާތައް އުވައިލައްވައި، މުޅީން އަލަށް ވުޒާރާއެއް އުފައްދަވައި، ބައެއް ވުޒާރާތަކުގެ ނަން ބަދަލުކުރައްވައި، ބައެއް އިދާރާތަކުގެ ބެލެނިވެރިކަން ބަދަލުކުރައްވައި، ރައީސްގެ އޮފީހުގެ ނަންބަރު 7/2026 ދެންނެވުމުން އެ ބަދަލުތައް މިހާރު ވަނީ އާންމުކޮށްފައެވެ.

އެގޮތުން، މުޅީން އަލަށް އުފައްދަވާފައިވަނީ، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީއެވެ. އަދި އުވައިލައްވާފައިވާ ވުޒާރާތަކަކީ، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް، އަދި މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއެވެ.

މީގެ އިތުރުން ބައެއް ވުޒާރާތަކުގެ ނަން ވަނީ ބަދަލުކޮށްފައިވާއިރު، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ"ގެ ނަން، "މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން"ގެ ނަން، "މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް" އަށް ބަދަލުކުރުން ހިމެނެއެވެ.

މީގެ އިތުރުން "މިނިސްޓްރީ އޮފް އެޑިޔުކޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް ހެލްތު"ގެ ނަން، "މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް"ގެ ނަން، "މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް"ގެ ނަން، "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"ގެ ނަން، "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން" އަށް ބަދަލުކުރުން ވެސް ހިމެނެއެވެ.

ހަމަ މިއާއެކު "މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން"ގެ ނަން، "މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖް"ގެ ނަން، "މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް" އަށް ބަދަލުކުރުން، "މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ"ގެ ނަން، "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް" އަށް ބަދަލުކުރުން، އަދި "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް"ގެ ނަން، "މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް" އަށް ބަދަލުކުރުން ހިމެނެއެވެ.

މިއަދު ގެންނެވި ބަދަލުތަކުގެ ތެރޭގައި، ބެލެނިވެރިކަން ބަދަލުކުރެއްވި އިދާރާތަކާއި، ގެންނެވި ބަދަލުތަކަށް ބަލާލާއިރު، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "ނޭޝަނަލް ކެރިއާސް ސާވިސް"، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުކުރެއްވުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިގަމުންދިޔަ، "މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ"އާއި، "މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ"އާއި، "މޯލްޑިވްސް ޕޮލިޓެކްނިކް"، މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔާ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށަށް ބަދަލުކުރެއްވުން، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ"އާއި، "ޢާއިލާތަކާއި ކުޑަކުދީންނަށް ހިދުމަތްދޭ މަރުކަޒުތައް"އާއި، "އަމާންހިޔާތައް"އާއި، "ވިލިނގިލީ އިޖުތިމާއީ ޚިދުމަތްދޭ މަރުކަޒު"އާއި، "އިސްރަށްވެހިންގެ ނާދީތައް"އާއި، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސް"އާއި، އެ ސާވިސްގެ ދަށުން ހިނގަމުންދިޔަ "ފިޔަވަތި"އާއި "އަމާންވެށިތައް"، މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާގެ ދަށަށް ބަދަލުކުރެއްވުން ހިމެނެއެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދަށުން ހިނގަމުންދިޔަ، "މޯލްޑިވްސް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު"، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ ދަށަށް ބަދަލުކުރެއްވުން، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ ދަށުން ހިނގަމުންދިޔަ، "ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން"އާއި، "ޤައުމީ ކުތުބުޚާނާ"އާއި، "ޤައުމީ އަރުޝީފު"އާއި، "ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް"އާއި، އެ ސެންޓަރުގެ ދަށުން ހިނގަމުންދިޔަ "ނޭޝަނަލް އާޓް ގެލެރީ"، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށަށް ބަދަލުކުރެއްވުން އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ދަށުން ހިނގަމުންދިޔަ، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ"އާއި "މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް"އާއި "މާޅޮސްމަޑުލު ދެކުނުބުރީ ބަޔޮސްފިއަރ ރިޒަރވް އޮފީސް"، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ދަށަށް ބަދަލުކުރެއްވުން ހިމެނެއެވެ.

މިހާރު ގެނެސްފައި މިވާ ބަދަލުތަކާ ގުޅިގެން ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް މިހާރު ކަނޑައަޅައިފައިވާ ނަންބަރު ލިސްޓަށް ރައީސް ވަނީ ބަދަލުތަކެއް ގެންނަވާފައެވެ.

ދައުލަތުގެ އިދާރާތަކަށް ލިޔުއްވާ ސިޓީގައި ނަންބަރުޖެހުމަށް ގެންނަވާފައިވާ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނަންބަރު 2026/9، ދެންނެވުމުން މިހާރު ވަނީ އާންމުކޮށްފައެވެ.

އެގޮތުން ގެންނެވި ބަދަލުތަކަށް ބަލާލާއިރު، 1139 މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށް، 10 މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަށް، 13 މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް އަށް، 22 މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަށް، 23 މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަށް، 101 މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަށް، 30 މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަށް، 142 މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އަށް، 88 މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އަށް، 141 މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އަށް، 473 މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަށް، އަދި 491 މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އަށް ބަދަލުކުރުން ހިމެނެއެވެ.