ކުޅުދުއްފުށި ސިޓީން ގެއްލުނު މީހާ މަރުވެފަ އޮށްވާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކުޅުދުއްފުށި ސިޓީން 59 އަހަރުގެ ދިވެހި ފިރިހެނަކު ގެއްލިފައިވާ މައްސަލައެއް އޭޕްރީލް 15 ވަނަ ދުވަހުގެ 13:48 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް އެމީހާ ފެނިފައިވަނީ އޭޕްރީލް 15 ވަނަ ދުވަހުގެ 15:00 އެހައިކަންހާއިރު ބޮޑަވަކިވާ ބީޗް މޫދު އަޑިން ކަމަށް ފުލުހުން ބުނެއެވެ.
އެމީހާ ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ އިރު، އެމީހާ ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ މައުލޫމާތު ދީފައެވެ.
ނިޔާވެފައި ވަނީ ބަޑިފަސްގަޑުގެ / ހދ.ކުޅުދުއްފުށި, ސުލައިމާން ހުސައިން އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.