އިތުރު ތިން ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނައިރު، ކެބިނެޓުގެ 10 ވަޒީރަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެވާފައެވެ.
އެގޮތުން މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަހްމަދު އާއި، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ގެ އިތުރުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގެ ވަޒީރު އިބްރާހިމް ހަލީލް ވެސް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މީގެއިތުރުން ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުން އައިޝަތް ޝީހާމް އިސްތިއުފާ ދެއްވާފައިވާ އިރު، ޑިފެންސް މިނިސްޓާރުގެ މަގާމުން ގައްސާން މައުމޫން ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. އަދި ހެލްތް މިނިސްޓާގެ މަގާމުން އަބްދުﷲ ނާޒިމް އިސްތިއުފާ ދެއްވާފައިވާ އިރު، ޔޫތު މިނިސްޓަރު ކަމުގެ މަގާމުން އިބްރާހިމް ވަހީދު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެެ. އަދި ލޯކަލް ގަވަމެންޓްގެ މަގާމުން އާދަމް ޝަރީފް އިސްތިއުފާ ދެއްވާފައިވާ އިރު، މިނިސްޓްރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ޑރ. މަރިޔަމް މާރިއާ ވެސް ވަނީ އިސްތިއުފާ ދެއްވައިފިއެވެ.
ގިިނަ އަދަދެއްގެ ވަޒީރުން ކުއްލި ގޮތަކަށް މާގާމުން އިސްތިއުފާ ދެއްވާފައިވާ އިރު ނިމިދިޔަ ހަފްތާގެ ތެރޭގައި ސަރުކާރު ހިންގާ ބައެއް ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި އިސް ފަރާތްތަކެއް މަގާމުން ވަނީ ވަކި ކުރައްވާފައެވެ. އެގޮތުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވަނީ މިދިޔަ ހަފްތާގައި އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވީ އެ ކަމަށް އެދުމުން ކަމަށް މައުލޫމާތުލިބެއެވެ. އަދި މިފްކޯގެ މެނޭޖިން ޑިރެކްޓަރު، ސީއީއޯ ފަރުހަތު ޝަހީރު ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.
މީގެއިތުރުން އެމްޑަބްލިއުއެސްސީގެ އެމްޑީގެ މަގާމުގައި ހުންނެވި އަބްދުލް މަތީން އިސްތިއުފާ ދެއްވިއިރު، އެގްރޯނެޓް ކުންފުނީގެ އެމްޑީއަކަށް ހުންނެވި ހުސެން ދީދީ ވަނީ މަގާމުން ވަކިކުރައްވާފައެވެ. އަދި ފެނަކައިގެ އެމްޑީ މުހައްމަދު ނަޖާހު ވެސް ވަނީ ވަކިކުރައްވާފައެވެ.
އެމްޑަބްލިއުއެސްސީގެ އެމްޑީއަކަށް ކުރިން ސްޓެލްކޯގެ އެމްޑީކަން ކުރެއްވި އަދި ފަހުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ހުސެން ފަހުމީ މިއަދު ވަނީ އައްޔަންކޮށްފަ އެވެ.