ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ވަނީ މިކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، މަގާމުން ވަކިކުރި ސަބަބެއް ނުބުނެ އެވެ.

ހަލީލް އެންމެ ފުރަތަމަ ހުންނެވީ މި ސަރުކާރުގެ ހެލްތު މިނިސްޓަރު ކަމުގެ މަގާމުގައެވެ. އެ މަގާމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް އައްޔަން ކުރެއްވީ, 2024 ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ޕަބްލިކް ޕޮލިސީއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ ހަލީލް ވަނީ ނިލަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުތަކަށްފަހު ވެރިކަންކުރާ ޕީއެންސީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާއިރު ގިނަ ކުންފުނި ތަކެއްގެ މެނޭޖިންގ ޑިރެކްޓަރުންނާއި އިސް ފަރާތްތައް މަގާމުތަކުން ވަނީ ވަކި ކޮށްފައެވެ.

އަދި މީގެ އިތުރުން ރައީސުލްޖުމްހޫރީއްޔާގެ އޮފީހުގެ މިނިސްޓަރުކަމުގައި ހުންނެވި ރައީސް ޑރ މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެއް ކަމަށްވާ އަލީ އާރިފް ވެސް ވަނީ އެ މަގާމުން ވަކިކޮށްފައެވެ.