ގާނޫނުތަކަށް ކުދިކުދި ބަދަލުތައް ގެނެސްގެން، މުޅި ނިޒާމު ހަރާބުކުރުމަކީ އިދިކޮޅު އެމްޑީޕީގެ ސިޔާސަތެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ބިމާބެހޭ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
އެ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހް ވަނީ އެމްޑީޕީން މަސައްކަތް ކުރަނީ ގާނޫނުތަކުގެ އަކުރުތަކާއި ފިލިތަކަށް ކުދި ބަދަލުތައް ގެނެސްގެން ގާނޫނުތަކުގެ އަސްލު ގެއްލުވާލުމަށް ކަމަށް ތުހުމަތު ކުރައްވާފައެވެ.
އަދި މިދިޔަ އެމްޑީޕީގެ ސަރުކާރުން ސަރުކާރުން ބިމާބެހޭ ގާނޫނާ ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށް ފަލާހު ވަނީ ވިދާޅުވިއެވެ.
އެގޮތުން، ނުހިއްކާ އޮތް ކަނޑު ފަޅުތަކުން 30 ނުވަތަ 40 މީޓަރު ފުންމިނުގައި ހުރި ތަންތަނުން ގޯތި ދީ، ރަޖިސްޓްރީ ހަދައިދިނުމަކީ ގާނޫނާ ހިލާފަށް ކޮށްފައިވާ ލަދުވެތި ކަމެއްގެ ގޮތުގައި ފަލާހު ސިފަކުރެއްވިއެވެ.
"1/200 ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަކީ ހަގީގަތުގައި ވަރަށް ކުރިން ފާސްކޮށްފަ އޮތް ޤާނޫނެެއް. މިހާރު މި ޤާނޫނަށް އެކިފަހަރުމަތިން މިވަނީ އިސްލާހުތައް އައިސްފައި.ކުދިކުދި އިސްލާހު ގެނައުމުގެ ބަދަލުގައި މި ސަރުކާރުން އެވަނީ ބިމާބެހޭ ގާނޫނެއް މުޅިން އަލަށް މި މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައި.އިއްޒަތްތެރި މެންބަރުންނަށް އެނގިވަޑައިގަންނަވާނެ މިއީ މިއަދަކު އިއްޔެއަކު ދެއްކި ވާހަކައެއްނޫން. ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅުގަވެސް އަދި އޭގެ ފަހުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހުވެސް އެކަން އޮތީ އެގޮތަށް ނިންމަވާފަ.ދެން މިތާނގަ އެމްޑީޕީގެ ފަރާތުން މި އިސްލާހު ހުށަހަޅާފަ މި ވަނީ އެމްޑީޕީގެ ފަރާތުން ވާހަކަދެއްކެވި އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރުވެސް ފާހަގަކުރައްވައިފި މުޅިން ފުރިހަމައެއް ނޫނޭ އަދިވެސް މި އެމްޑީޕީގެ ފަރާތުން މި ހުށަހަޅުއްވާފަ އޮތް އިސްލާހެއް އަދިވެސް އެބަހުއްޓޭ މި އިސްލާހަށް ގެންނަން ޖެހޭ މުހިންމު ބަދަލުތަކެއް. އަޅުގަނޑު ފުރަތަމަ ފާހަގަކުރިގޮތަށް މިގޮތަށް މިކަހަލަ ބޮޑެތި މުހިންމު ޤާނޫނުތަކަށް މިކަހަލަ ކުދިކުދި އިސްލާހު ގެންނައިރު ހަގީގަތުގައި މިއީ ވަރަށް ފުޅާ ދާއިރާއެއް.".
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުމީގެ އިތުރުން ފަލާހު ވަނީ މި ސަރުކާރުން މުޅި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފަދަ ބިމާބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ވިދާޅުވެފައެވެ.