ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުންގެ ވެބްސައިޓުގައި ވީޑިއޯ އާންމުކޮށް ފުލުހުން މިއަދު ބުނީ އެ ވީޑިއޯ އިން ފެންނަ މީހާއަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއް ކަމަށެވެ.

އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

މިގޮތުން އެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގެޝަންގެ ނަންބަރު 9393351 ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.