ހިޔާ 2 އަދި 6 ފިޔަވާ އެހެން ޓަވަރުތަކަށް މިހާރު ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލެ ފޭސް 2 އިން ކަރަންޓު ގެ ހިދުމައިތް މެދު ކެނޑުނު ޓަވަރު ތަކުގެ ތެރެއިން ހިޔާ 2 އަދި 6 ފިޔަވާ އެހެން ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ދީފައިވާކަމަށެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 3 ހާއިރު އެވެ. އެގޮތުން ކަރަންޓު ކެނޑިފައި ވަނީ ހިޔާގެ ޓަވަރު 1 އިން ފެށިގެން 8 ވަނަ ޓަވަރަށް އަދި ވިނަރެސްގެ ދެ ޓަވަރަކުންނެވެ.
ސްޓެލްކޯއިން މިއަދު މެންދުރު 3:21 ގައި ކުރި ޕޯސްޓެއްގައި ބުނީ "ދިމާވި ޓެކްނިކަލް މައްސަލައަކާ" ގުޅިގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި އަދި މައްސަލަ ދެނެގަނެ، ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ ފަހުން އިރުއޮއްސި 6 ޖެހިރު ސްޓެލްކޯއިން ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓު ކެނޑުނު މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، އިތުރު ޓެކްނިކަލް މައްސަލަތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މައްސަލަތައް ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް މައުލޫމާތުދީފައިވެއެވެ.