ބައިބައިވެގެން ތިބެ 2028 އާ ހަމައަށް ދިޔުމަކީ އެމްޑީޕީއަށް އެފޯޑް ކުރެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނިޔާޒް ވިދާޅުވީ، ކުރިޔަށް އޮޔް ތަނުގައި ވެސް އކި އިންތިހާބު ތަށް ބާއްވާނެ ކަމަށާއި، އިނތިހާބު ތަށް އައުމަށް ފަހު 2028 އާއި ހަމަށް އެމްޑީޕީ ތިބެންވާނީ އެންމެން އެކުގައި ކަމަށެވެ.

"ބައިބައިވެގެން ތިބެ 2028 އާ ހަމައަށް ދިޔުމަކީ އެމްޑީޕީއަށް އެފޯޑް ކުރެވޭނެ ކަމެއް ނޫން. އެއީ ރައްޔިތުން ބޭނުންވާވެސް ގޮތެއް ނޫން. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ތެރެއިން މިކަމަށް ނިކުމެ ތިއްބެވި ލީޑަރުން މިކަމަށް ވިސްނަވާނެކަމަށް"

ކުރީގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

އެމްޑީޕީން ބައިބައިވެގެން ތިބެ 2028 އާ ހަމައަށް ދިއުން އެއީ އެ ޕާޓީން ނަގޭ ވަރަށް ބޮޑު ރިސްކެއްކަން ފާހަގަ ކުރައްވާ ނިޔާޒް ވިދާޅުވީ، މި ހިނގާ ޕީއެންސީ ވެރިކަން އަދި މިހާރުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހިންގަވާ ހުދުމުހުތާރު ވެރިކަން އަލުން އަނބުރާ ދެވަނަ ދައުރަކަށް ލިބިދާނެ ފަދަ ގޮތަކަށް މަގުފަހި ވެދާނެ ކަމެއްގެ ގޮތުގައި ގަބޫލުފުޅު ކުރައްވާ ކަމަށެވެ.