މާތް ﷲ ގެ ޙިކުމަތްވަންތަކަމާއި ރަޙުމަތްވަންތަކަމުން، ބައެއް ވަގުތަތުތަކާއި މައްސަރުތައް ޚާއްސަކުރައްވައި މާތްކުރައްވާފައިވަނީ އެކަލާނގެ ޙަޟުރަތަށް ކުއްތަންވުމަށް ޓަކައި ކަމަށް މިއަދުގެ ޙުކުރު ހުތުބާގައި ބުނެފިއެވެ.

ޙުކުރު ހުތުބާގެ މައުޟޫއަކީ "ޙުރުމަތްތެރިވެގެންވާ މައްސަރުތައް" އެވެ.

ޙުކުރު ހުތުބާގައި ބުނީ އިބްރާހިމް އަލަިހިއްސަލާމާއި، އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލް އަލައިހިއްސަލާމްގެ ޝަރީޢަތުގައި ޙުރުމަތްތެރިވެގެންވާ މައްސަރުތައް ބަޔާންކުރެވިފައި ވާކަމަށެވެ.

މާތް اللهގެ خَلِيْل إِبْرَاهِيْم عَلَيْهِ السَّلَامއާއި އެކަލޭގެފާނުގެ ދަރިކަލުން إِسْمَاعِيْل عَلَيْهِ السَّلَامގެ ޝަރީޢަތުގައި ޙުރުމަތްތެރިވެގެންވާ މައްސަރުތައް ބަޔާންކުރެވިފައިވެއެވެ. ނަމަވެސް ޖާހިލިއްޔަ ޒަމާނުގެ ޢަރަބީން، އެ މީހުން ހިތުހުރި ގޮތަކަށް އެ މައްސަރުތައް ބަދަލުކުރަމުން ދިޔައެވެ."

ޙުކުރު ހުތުބާ

ޙުކުރު ހުތުބާގައި އިތުރަށް ބުނީ އަމިއްލަ ނަފުސަށް އަނިޔާވެރިވުމަކީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމަށް އަރައިގަނެ ފާފަވެރި ޢަމަލުތައްކުރުން ކަމަށެވެ.

ފަހެ ކޮންމެ ޒަމާނެއްގައި ވެސް އަދި ކޮންމެ ވަގުތެއްގައި ވެސް މި ފަދަ ކަމަކަށް އަރައިގަތުމަކީ މާތް ﷲގެ ކޯފާ ޙައްޤުވާނޭ ކަމެކެވެ. ވަކީން ޚާއްޞަކޮށް ޙުރުމަތްތެރިވެގެންވާ މައްސަރެއްގައި މި ފަދަ ކަމަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އެއީ އެ ފަދަ ޢަމަލަކީ، މާތް ﷲއަށް އުރެދުމާ އެކު، އެކަލާނގެ ޚާއްޞަކުރައްވައި މަތިވެރިކުރައްވައި ޙުރުމަތްތެރިކުރައްވައިފައިވާ ކަންކަމުގެ ޙުރުމަތްކަނޑައި އެ ކަންކަމަށް އިހާނަތްތެރިކޮށްހިތުން ކަމުގައި ވާތީއެވެ."

ޙުކުރު ހުތުބާ

މަތިވެރި މައްސަރަކާ ބައްދަލުވުމުން، މުއުމިނު އަޅާގެ މައްޗަށްވަނީ، އަޅުކަމުގައި ހީވާގިވުން ކަމަށް ޙުކުރު ހުތުބާގައި ބުނެފައިވެއެވެ.

އެއީ މާތް ﷲ ހަނދުމަކޮށް، ގިނަގިނައިން ޛިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރްއާން ކިޔެވުމާއި، ތަސްބީޙައާއި ތަޙުމީދާއި ތަކުބީރުކިޔުން ފަދަ ދުލުން ކުރެވޭ އަޅުކަންތައް ގިނަކުރުމެވެ. އަދި ކޮންމެ މުސްލިމަކަށް ވެސް ހެޔޮ ނަސޭހަތްދިނުމެވެ. އަދި ރޯދަހިފުމާއި، ޞަދަޤާތްކުރުމާއި، އަނިޔާ ލިބިފައިވާ މީހާއަށް ނަޞްރުދިނުމާއި، ނިކަމެތީންނަށް އެހީތެރިވުމާއި، މުޞީބާތެއް ޖެހިފައިވާ މީހާއަށް އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ޢަމަލީ ގޮތުން ކުރެވޭ ހެޔޮކަންތައް ވެސް ގިނަކުރުމެވެ. އަދި ހިތުގެ އަޅުކަންތައްތަކުން ވެސް މި ވަގުތުތަކުގެ ފައިދާ ޙާޞިލުކުރާންވާނެއެވެ. އެއީ މާތް ﷲއަށް އިޚުލާޞްތެރިވުމާއި، އެކަލާނގެ އެއްކައުވަންތަކުރުމާއި، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމާއި، އެކަލާނގެ މަތިވެރިކުރުމާއި، އެކަލާނގެ ދެކެ ލޯބިވުމާއި، އެކަލާނގެ މަތިވެރިކޮށް ޤަދަރުކުރުމާއި، މާތް ﷲ ލޯބިވެވޮޑިގެންވާ އެ ނޫން ވެސް ހިތުގެ އެންމެހައި ޢަމަލުތަކެއް ކުރުމެވެ."

ޙުކުރު ހުތުބާ

ޙުކުރު ހުތުބާގައި ވަނީ ފާއިތުވެދިޔަ ތަނުގައި އުނިވެފައިވާ ކަންކަން ރަނގަޅުކޮށް، ކުރިއަށް އޮތް ބަރަކާތްތެރި، މާތްވެގެންވާ ވަގުތުތަކާއި ޒަމާންތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައި މާތް ﷲއަށް ތަޤުވާވެރިވުމަށް ގޮވާލާފައެވެ.