މާލޭގެ ގެއެއްގެ މަތިން ވެއްޓުނު މީހަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނެފައިވާނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓުނު ކަމުގެ ރިޕޯޓް ލިބުނީ މިރޭ 18:20 ހާއިރު ކަމަށެވެ.

މި ހާދިސާގައި މީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ. ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެކެވެ.

އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށާއި އަދި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައެވެ.