ފ. ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ ހިނގާފައިވާ އަލިފާނުގެ ހާދިސާގައި 2 މީހަކު ފިހިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ބުނެފިއެވެ.
އެންޑީއެމްއޭ އިން ބުނީ އެ ހާދިސާގައި ފިހިފައިވަނީ ބިދޭސީ އެއް އަދި ދިވެއްސެއް ކަމަށެވެ. އަދި ބޮޑަށް އަނިޔާ ލިބުނު ބިދޭސީ މީހާއަށް ފަރުވާދިނުމަށް ސީ އެންބިއުލާންސްގައި އައިޖީީއެމްއެޗަށް ފޮނުވާލަފައި ވާކަމަށް މައުލުމާތުދެއެވެ.
މި ހާދިސާ ރިޕޯޓު ކޮށްފައިވަނީ 09:15 ހާއިރުއެވެ.
ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު މީޑިޔާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ބަނދަރުގައި އޮތް އިތުރު 4 އުޅަނދެއްގައާއި އައިސްޕްލާންޓްގައިވެސް އަލިފާން ރޯވެފައިވާކަމަށެވެ.
އެގޮތުން 3 ދޯންޏާއި ތެޔޮ ބޯޓެއްގައި ރޯވެފައިވާ އިރު، ފީއަލީ އައިސް ޕްލާންޓު ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް މިފްކޯ އިން މައުލުމާތުދެއެވެ.
މި އައިސް ޕްލާންޓާއި ރޯވި އުޅަނދާ ދޭތެރޭ ހުރީ 15 ވަރަކަށް ފޫޓެވެ. މިއީ 25 ޓަނުގެ އައިސް ޕްލާންޓެކެވެ. އަދި މި އައިސް ޕްލާންޓު އޮޕަރޭޝަނަށް ގެނައީ ޖޫން 2025 ގައި ފެނަކައިން މިފްކޯއާ ހަވާލުކުރުމުން 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ގައިއެވެ.
މީގެ އިތުރުން އެ ސަރަހައްދުގައި ހުރި ފިއުލް ޝެޑަށް އަލިފާނުގެ އަސަރުކޮށް، ޑިސްޕެންސަރާއި ޝެޑުގެ ބައެއް ބައިތަކުގައި އަލިފާން ރޯވެފައިވާ ކަމަށް މައުލުމާތުލިބެއެވެ.
މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.