ލުބްނާންގެ ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ދިން ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮއްފިއެވެ.

ޙާރިޖީ ވުޒާރާއިން ނެރުމު ބާނެއްގައިވަނީ، މިބާވަތުގެ ޢަމަލުތަކުގެ ސަބަބުން، ސަރަޙައްދީ ސުލްޙައާއި ސުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ބުރޫއަރާފަދަ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.

އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ހިލާފުވަމުންދާ ކަމަށް ތުހުމަތު ކުރެވޭތީ އެކަން ޖަވާބުދާރީ ކުރުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ.

އަދި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ލުބްނާނުގެ ސިޔާދަތާއި، ސަލާމަތާއި، ސަރަޙައްދީ މިނިވަންކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގައި އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށް ވަނީ ބުނެފައެވެ.