ރާއްޖެއިން އދ.އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު، މާފަަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ ކޮއްކޮ، ޑރ. ސަލްމާ ރަޝީދަށް އަލުން ވަޒީފާ އިއާދަކޮށްފި އެވެ.
އަދި އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ހުސައިން ޝަރީފް މަގާމުން ވަކި ކުރި ކަމަށް މީގެ ކުރިން ރިޕޯޓު ކުރި ނަމަވެސް، ބައެއް މީޑިއާ ތަކުން ރިޕޮޓުކޮށްފައިވާ ގޮތުގައި އޭނާ ވަޒީފާއިން ވައްކެއްނުކުރެ އެވެ.
މެންބަރު އަސްމާ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އޯޑިއޯއެއް ލީކްވެ، އެ އާއިލާގެ މެންބަރުން ވަކިކުރަން ސަރުކާރުން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން އަސްމާގެ ދަރިކަލުން، މުހައްމަދު ހުސެއިން ޝަރީފް ޔޫއޭއީގެ ސަފީރުކަމުން ވަނީ ވަކި ކޮށްފައެވެ. އަދި ސަލްމާ ވެސް ހަމަ އެ ދުވަހު މަގާމުން ވަނީ ވަކިކޮށްފައެވެ.
ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ސަލްމާ ވަކިކުރި ކަމަށް އޮތް ސިޓީ މިހާރު ވަނީ ބާތިލުކޮށްފަ އެވެ. އެއާ އެކު، އޭނާގެ ވަޒީފާ އަލުން ވަނީ އިއާދަކޮށްފަ އެވެ.