ވިލިމާލޭ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު ނޭޕާލް މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން، މިއަދު ހެނދުނު 6:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެކަމާ ގުޅިގެން ވިލިމާލޭގެ ފުލުހުންނާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނުނީ މޫދު އަޑީގައި އޮއްވައި 6:55 އެހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ ވިލިމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދަނިކޮށް އެ މީހާ މަރުވެފައިވާ ކަމަށެވެ.

އެ ހާދިސާގައި މަރުވީ އުމުރުން 22 އަހަރުގެ ނޭޕާލް މީހެކެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.