ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީ މަގާމުން ރިޓަޔާ ކުރެއްވުމަށް އަންގަވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި، ފަރުހާދު ފިކުރީ މިހާރު ވެސް ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި، މުއައްސަސާގެ ހިދުމަތުގައި ކަމަށެވެ.

މިޝަނަރު އޮފް ޕޮލިސްގެ މަގާމު މި ފަހުން ހުސްކޮށް އޮތްއިރު ފުލުހުންގެ މުއައްސަސާ ވަގުތީ ގޮތުން ހިންގެވީ ފިކުރީ އެވެ. އަދި ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ހުޅުވާލުމުން އެ މަގާމަށްވެސް ކުރިމަތިލެއްވި އެވެ. ނަމަވެސް ކޮމިޝަނަރުގެ މަގާމަށް އައްޔަނު ކުރެއްވީ އަހްމަދު މުޙައްމަދު (ޓޫފޯ) އެވެ.