ފެނަކައިގެ ޗީފް ފައިނޭންޝަލް އޮފިސަރު، މުހައްމަދު ޖިހާދު މަގާމުން ވަކިކޮށްފިއެވެ.
ފެނަކަ ސީ.އެފް.އޯ ގެ މަގާމަށް ޖިހާދު އައްޔަނު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުގައެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރީ އަބްދުﷲ ވަހީދު ސީ.އެފް.އޯ ގެ މަގާމުން އިސްތިއުފާ ދިނުމަށްފަހުއެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ގިނަ ބަޔަކު ވަނީ އިއްޔެއާއި މިއަދު މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި، ފެނަކަ އެމް.ޑީ އަދި ޑީ.އެމް.ޑީ ވެސް ހިމެނެއެވެ.