ތ.ވޭމަންޑޫގެ ބިން ހިއްކުމުގެގެ މަސައްކަތް ނިންމާލައިފިއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވޭމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް 23 ދުވަހުގެ ތެރޭގައި، ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މާރިޗް މަހުގެ 12 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ތ. ވޭމަންޑޫއިން 27 ހެކްޓަރުގެ ބިން ހިއްކުމަށް 882،693 ކިއުބިކް މީޓަރުގެ ވެލި ވަނީ އަޅާފައެވެ.

ވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 27 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރެވޭނެއެވެ.

މި މަސައްކަތް ކުރަނީ އެމްއޭސީއެލް އިން ގެނެސްފައިވާ "ފިލިޕޯ ބްރުނެލެޝީ" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެކެވެ. މިއީ އެއްފަހަރާ 11،300 ކޮޑި މީޓަރު ހިއްކުމުގެ ގާބިލުކަން ލިބިގެންވާ ޑްރެޖަރެއްކަން ފާހަަގަކޮށްލަން ޖެހެއެވެ.

ބާރަ ސަތޭކަ ހަތް ދިހަ މީހުންގެ އާބާދީއެއް އޮންނަ ވޭމަންޑޫއަކީ ބަނދަރުގެ ޖާގައިގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ.