މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން މުޙައްމަދު ރިޝްވާން އިސްތިއުފާދެއްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީން) އިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެމް.ޕީ.އެލްގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން، 6 އެޕްރީލް 2026 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލުކޮށް މިއަދުން ފެށިގެން އެމަޤާމުން ވަކިކޮށްފައިވާކަމަށެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި، ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް މުޙައްމަދު ރިޝްވާން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބުރުވަރީމަހުގެ 5 ވަނަ ދުވަހުއެވެ.