މާލޭގެ ގެއެއްގެ ދޮރުމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު މިރޭ ފެނިއްޖެއެވެ.
ފުލުހުން ބުނެފައިވަނީ ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މީހަކު ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބުނީ މިރޭ އިރުއޮއްސި 18:18 ހާއިރު ކަމަށެވެ. ހަބަރު ހުސްވެފައި އޮއްވައި ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުނިއެވެ.
އެމީހާއަށް ފަރުވާ ދިނުމަށް މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.