ހައުސިންގް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ)ގެ ޑީއެމްޑީ އަސްބާހު މަޤާމުން ވަކިކޮށްފިއެވެ.
އޭނާ އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި ފަޔާޒު މަންސޫރު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަޔާޒު އިސްތިއުފާ ދެއްވުމުގެ އެއް ދުވަސް ކުރިން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މައުރޫފް ޖަލީލު ވެސް ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މައުރޫފް އިސްތިއުފާ ދެއްވުމުން އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރަކީ އާރުޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަލީ ޒުހައިރެވެ.