އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާނެކަން ހާމަކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް ފަށަން ނިންމާފައިވާ ކަމަށެވެ.
މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ފެބްރުވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އަހަރު މަޖިލީހުގެ ޖަލްސާތައް ފެށީ ފެބްރުވަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. އޭގެ ފަހުން، މިދިޔަ މާޗު މަހުގެ 8 ވަނަ ދުވަހާއި ހަމައަށް 3 ދުވަހަކު މަޖިލީހުގެ ޖަލްސާތައް ބާއްވާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައިވާއިރު ސަރުކާރުން ދަނީ ގިނަ އިސްލާހުތަކެއް މަޖިލީހުގެ ތަޅުމަށް ހުށައެޅުމަށް ތައްޔާރުވަމުންނެވެ.