ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުން މުހައްމަދު ނަޖާހު ވަކިކޮށްފިއެވެ.
މިކަން އިއުލާނުކޮށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން ބުނީ އެމްޑީގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން މުހައްމަދު ނަޖާހު މިއަދުން ފެށިގެން ވަކިކޮށްފައިވާކަމަށެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ފެނަކައިގެ އެމްޑީގެ މަގާމަށް ހ. ޔެލޯރޯޒް 2، މޭޖާ ރިޓަޔާޑް ނަޖާހު އައްޔަން ކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23ވަނަ ދުވަހުއެވެ. މި މަގާމަށް ނަޖާހް އައްޔަންކޮށްފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުއާޒް މުހައްމަދު ރަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ނަމަވެސް މި މަގާމުން ނަޖާހު ވަކިކުރި ސަބަބެއް ޕީސީބީން އަދި ހާމަކޮށްފައެއް ނުވެއެވެ.