ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ، މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ހަރަދެއް ހަމަޖައްސަވައިދެއްވަނީ ސައޫދީއަރަބިއްޔާގެ ސަރުކާރުންނެވެ.

ރައީސްގެ ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައި ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.