އިޒްރޭލާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމައަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ކުވައިތައް ހަމަލާތަކެއް ދީފިއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އީރާނުގެ ޑްރޯން ޙަމަލާއެއް ފުރަތަމަ އަމާޒުވީ ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ (ކޭޕީސީ) ގެ މައި މަރުކަޒާއި ތެލާ ބެހޭ ވުޒާރާ ހިމެނޭ ޝުވައިޚް އޮއިލް ސެކްޓަރ ކޮމްޕްލެކްސްއަށެވެ.
މި ޙަމަލާގެ ސަބަބުން އެ އިމާރާތުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ކުވައިތުގެ ފިނޭންސް މިނިސްޓްރީން ބުނީ އެ ގައުމުގެ ސަރުކާރުގެ ވުޒާރާތައް ހިންގާ އިދާރީ މަރުކަޒަކަށް ވެސް ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަމަށެވެ. މިގޮތުން އެ ހަމަލާތަކުގައި އެ ދެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައި ނުވާ ކަމުގައި އެ މިނިސްޓްރީން ބުނެއެވެ. ކުވައިތު ޕެޓްރޯލިއަމް ކޯޕަރޭޝަންގެ (ކޭޕީސީ) މައި މަރުކަޒާއި ތެލާ ބެހޭ ވުޒާރާ ހިމެނޭ ޝުވައިޚް އޮއިލް ސެކްޓަރ ކޮމްޕްލެކްސްއަށް
ޙަމަލާތަކުގެ ނުރައްކާ އެންމެ ބޮޑަށް ކޮށްފައި ވަނީ ކުވަައިތުގެ އަސާސީ ޚިދުމަތްތަކަށެވެ.
އެ ޤައުމުގެ ކަރަންޓާއި ފެނާ ބެހޭ ވުޒާރާއިން ބުނީ، ފެން އުފައްދާ ދެ ޕްލާންޓަކާއި ކަރަންޓު އުފައްދާ ދެ ޔުނިޓަކަށް ދިން ޙަމަލާތަކުގެ ސަބަބުން އެ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ ޚިދުމަތް މެދުކެނޑުނު ކަމަށެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލާއި ބައިވެރިވެގެން މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އީރާނަށް ދޭން ފެށި ހަމަލާތަކުގެ ރައްދުގައި އީރާނުން ހަމަލާ ދޭން ފެށުމާއެކު މެދުއިރުމަތީގެ ގައުމުތައް ހަލަބޮލިވެ އެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ދަނީ ހަމަލާ ދެމުންނެވެ.