މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓްގެ ވޯޓުލުމުގެ ވަގުތު 5:00 އާ ހަމައަށް އިތުރުކޮށްފިއެވެ.

މިކަން ހާމަކޮށްފައި ވަނީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

އީސީން ކުރި ޕޯސްޓެއްގައި ބުނީ، ހޫނުގަދަވުމާއި، ވޯޓު ކިޔު ކިޔު ދިގުވުމުގެ ސަބަބުން ގިނަބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ހަވީރު 5:00އާަ ހަމައަށް ވޯޓުލުމުގެ ވަގުތު އިތުުރު ކޮށްފައިވާ ކަމަށެވެ.

އީސީން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިއަދު މެންދުރު 2 ޖެހުމާ ހަމައަށް 131،947 މީހަކު ވަނީ ވޯޓު ލާފައެވެ.

އެއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން %44.75 މީހުން ކަމަށް އީސީން ހާމަކުރެއެވެ.

ވޯޓުލުމަށް އިލެކްޝަންސް ކޮމިޝަނުން 588 ވޯޓުލާ މަރުކަޒު ރާއްޖޭގައި ގާއިމްކޮށް ތިން އިންތިހާބަށް 888,845 ވޯޓު ކަރުދާސްކޮޅު ވަނީ ޗާޕުކޮށްފައެވެ.