ކައުންސިލްތަކަށާއި ސިޓީތަކުގެ މޭޔަރުންނާއި މެމްބަރުން އިންތިޚާބު ކުރުމުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް މިއަދު ކުރިއަށްގެންދާ ވޯޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވޯޓު ލައްވައިފިއެވެ.

ރައީސް މުޢިއްޒު ވޯޓު ލެއްވީ މާފަންނު ދެކުނު ދާއިރާގެ މީހުން ވޯޓްލުމަށް ޚާއްސަކުރެވިފައިވާ ވޯޓު ފޮއްޓަށެވެ. މިވޯޓު ފޮށި ބެހެއްޓިފައި ވަނީ ތާޖުއްދީން ސުކޫލުގައެވެ.

ވޯޓުލުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ ވޯޓުލުމަކީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ޤާނޫނީ ހައްޤެއް ކަމަށެވެ.

އަދި އެ ހައްޤު ކޮންމެ މީހަކުވެސް އަދާކުރުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

މި އިންތިހާބުގައި ވޯޓުލާ ކޮންމެ މީހަކަށްވެސް ވޯޓުލުމަށް ތިން ކަރުދާސް ދޫކުރާނެއެވެ.

މި އިންތިހާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އޭގެ ތެރޭގައި ހިމެނެނީ 144,506 އަންހެނުންނާއި 150,370 ފިރިހެނުންނެވެ.