ހުށަހަޅައިފައިވަނީ 20 ކޯޓާއަށް ކަމަށް ވާނަމަ ނުވަތަ އެޔަށް ވުރެ މަދު އަދަދެއްގެ ކޯޓާއަށް ކަމަށް ވާ ނަމަ، އެފަދަ ފަރާތަކުން ކޯޓާ ފީ ދައްކާކަށް ނުޖެހޭ ގޮތަށް ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ތެރެއިން ގެނެސްފައިވާ ފުރަތަމަ ބަދަލަކީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދުގެ 28 ވަނަ މާއްދާ އަށް ގެނައި އިސްލާހެވެ.

އެގޮތުން 28 ނަންބަރުގެ (ހ) ގައި ބަޔާންކޮށްފައިވަނީ ގަވާއިދުގެ 27 ވަނަ މާއްދާގެ ދަށުން ކޯޓާ ޔުޓިލައިޒްކުރެވޭނީ ގަވާއިދުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، އެ ކޯޓާގެ ފީގެ ގޮތުގައި 12 މަސްދުވަހުގެ މުއްދަތަށް ކޯޓާއަކަށް 2,000 ރުފިޔާ، މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީން ކަނޑައަޅާ ތަނަކަށް ދެއްކުމުންނެވެ.

ނަމަވެސް 28 ނަންބަރުގެ (ށ) ގައި ބުނެފައިވަނީ (ހ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކޯޓާ ހޯދުމަށް އެދި ހުށަހަޅައިފައިވަނީ އެންމެ ކުދި، ކުދި އަދމެދުފަންތީގެ ވިޔަފާރިއަކުން ކަމަށް ވާ ނަމަ، އަދި އެ ފަރާތުނހުށަހަޅައިފައިވަނީ 20 ކޯޓާއަށް ކަމަށް ވާ ނަމަ ނުވަތަ އެ ޔަށް ވުރެ މަދު އަދަދެއްގެ ކޯޓާއަށް ކަމަށް ވާ ނަމަ، އެ ފަދަ ފަރާތަކުން، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން (ނ) ގައި ބުނެފައިވަނީ ި މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް، 20 ކޯޓާ ދޫކޮށްފައިވާ ނަމަ ނުވަތަ އެޔަށް ވުރެ މަދު އަދަދެއްގެ ކޯޓާ ދޫކޮށްފައިވާ ނަމަ، އެ ވިޔަފާރީގެ ހިއްސާދާރަކު ނުވަތަ މަސްއޫލުވެރިޔަކު ނުވަތަ ޑިރެކްޓަރަކު ނުވަތަ ޕާޓްނަރަކު ހިމެނިގެން އުފައްދާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ އެހެން ވިޔަފާރިއަކަށް، މި މާއްދާގެ (ށ) ގެ ދަށުން ދެވޭ ކޯޓާ ފީ ދެއްކުމުން ދެވޭ އިސްތިސްނާއެއް ނުލިބޭނެ ކަމަށެވެ.

(ރ) ގައި ބުނެފައިވަނީ މާއްދާގެ އެހެން އަކުރެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް ދޫކޮށްފައިވާ ކޯޓާގެ އަދަދު 20 ކޯޓާއަށް ވުރެ އިތުރުކޮށްފި ނަމަ، 21 ވަނަ ސްލޮޓުން ފެށިގެން އިތުރުވާ ކޯޓާތަކަށް ކޯޓާ ފީ ދައްކަންޖެހޭނެ ކަމަށެވެ.

ހަމަ މިއާއެކު (ބ) ގައި ބުނެފައިވަނީ މާއްދާގެ (ށ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް 2 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދަށް އަމަލުކުރަން ފެށުމުގެ ކުރިން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ، ޔުޓިލައިޒްކޮށް ދޫކޮށްފައިވާ ކޯޓާތަކަށް ދައްކަމުންދާ ކޯޓާ ފީ، މި ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ދެއްކުން ހުއްޓައިލާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިއުކުރާ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކޯޓާ ފީ ބަހައިލައިގެން ދައްކަނބޭނުންވާ، ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ޝެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދެއްކުމުގެ ފުރުސަތު ދިނުމުގެ އިހުތިޔާރު، މިނިސްޓްރީއަށް ލިބިގެންވާ ކަމަށް (ޅ) ގައި ބުނެފައިވެއެވެ.

(ކ) ގައި ބުނެފައިވަނީ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ފަދައިން، ޝެޑިއުލް ޕޭމަންޓްތަކަކަށް ބަހައިލައިގެން ކޯޓާ ފީ ދައްކާ ނަމަ، އެ ފަރާތުގެ ކޯޓާ ޔުޓިލައިޒްކުރެވޭނީ، ޝެޑިއުލްކޮށްފައިވާ ޕޭމަންޓުގެ ފުރަތަމަ ޕޭމަންޓު ދެއްކުމުން ކަމަށެވެ.

ގަވާއިދަށް ގެނައި އިސްލާހުގައިވާ ގޮތުން ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން އެއްވެސް ހުނަރެއް ނެތް، އަންސްކިލްޑް ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ޓަކައި ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތަކީ، 25 އަހަރުދުވަހެވެ.

25 އަހަރުދުވަހަށް ވޯކް ޕާމިޓް ދޫކޮށްފައި އޮތް ނަމަވެސް، ރާއްޖޭގައި ވަޒީފާ އަދާކުރާ ނޮން-ޕްރޮފެޝަނަލް ބިދޭސީއަކު ވަޒީފާ އަދާކުރާތާ 10 އަހަރުވުމުންނާއި 20 އަހަރުދުވަސް ވުމުން، ވަޒީފާދޭ ފަރާތުން އެ ބިދޭސީ މުވައްޒަފަކު އިތުރަށް ރާއްޖޭގައި ބަހައްޓަން ބޭނުންވާ މުއްދަތު ބަޔާންކޮށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، 10 އަހަރުދުވަސް ވުމުގެ 1 މަސްދުވަހުގެ ކުރިންނާއި، 20 އަހަރުދުވަސް ވުމުގެ މަސްދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށް ގަވާއިދު ބުނެ އެވެ.