ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ފުވައްމުލަކު ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީގޭ ހަސަން އާޒިމް އެވެ.

ފުލުހުންގެ ތަހުގީގުން އެނގޭގޮތުގައި އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ޑީލަރުންނަށް މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

އެގޮތުން އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. ެެއެ ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އޭގެފަހުން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ.

ނަމަވެސް ދައުލަތުންވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށްފަހު، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 9 ގައި އެ މީހުން މިނިވަންކޮށްފައެވެ.

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭ އަލުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފައިވާ ކަމަށެވެ.ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑްރަގްގެ ވިޔަފާރިކޮށް، މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދާއި ދޫޑިގަން، ޒަމާނީގޭ ހަސަން އާޒިމް އެވެ.

ފުލުހުންގެ ތަހުގީގުން އެނގޭގޮތުގައި އާޒިމް އިސްވެ ހުރެ ނިއުޝާދާ ދެ މީހުން ވެގެން މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމްކޮށް، އެ ތަކެތި ބާޒާރަށް ނެރުމަށް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ޑީލަރުންނަށް މުސާރަ ދީގެން، މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާ ކަމަށާއި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބުތައް ވަކި ތަރުތީބަކުން ބަލަހައްޓާފައިވާކަން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

އެގޮތުން އެ މައްސަލާގައި އެ ދެ މީހުންގެ މައްޗަށް ވަނީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ. ެެއެ ދެ މީހުން އެންމެ ފުރަތަމަ ހައްޔަރުކުރީ ޑިސެމްބަރު 2024 ގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

އޭގެފަހުން ކޯޓަށް ހާޒިރުކުރުމުން އެ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ވެއެވެ.

ނަމަވެސް ދައުލަތުންވެސް އެއްބަސްވާ ގޮތަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށްފަހު، ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ 9 ގައި އެ މީހުން މިނިވަންކޮށްފައެވެ.

ނަމަވެސް، ކޯޓުން މިދިޔަ އަންގާރަ ދުވަހު އެ ދެ މީހުން ދޫކޮށްލާފައި ވަނިކޮށް ހެއްކަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުން ރޭ އަލުން ވަނީ ހައްޔަރުކޮށްފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަނެއްކާވެސް އަމުރުކޮށްފައިވާ ކަމަށެވެ.