އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް އަދި ކުނބުރުދޫގައި 25 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އާންމުކޮށްފައިވަ ބަޔާނެއްގައި ބުނީ މާރިޗު 29 ވަނަ ދުވަހު އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް ތަރައްހީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާކަމަށެވެ.
މި މަޝްރުއޫގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީ އަށެވެ.
އެގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އަދި އެޗް.ޑީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
މި މަޝްރޫއުއަކީ 540 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރުއަކަށް ވީއިރު، މި މަޝްރޫއުގެ ދަށުން އދ. މަހިބަދޫގައި 3 ކޮޓަރީގެ 100 ހައުސިން ޔުނިޓް އިމާރާތް ކުރަން ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން އދ. ކުނބުރުދޫގައި 25 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކޮށްފައެވެ.
އެގޮތުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދުއެވެ. އަދި އެޗް.ޑީ.ސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު، ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އަލީ ޒުހައިރެވެ.
މި މަޝްރޫއުގެ ދަށުން އދ. ކުނބުރުދޫގައި 3 ކޮޓަރީގެ 25 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ހަމަޖައްސާފައިވާއިރު، މި މަޝްރޫއުއަކީ 480 ދުވަހުގެ މުއްދަތެއްގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.