ގދ. ފިޔޯރީގައި ދާޖަހައިގެން މަސް ހިފަންގޮސް އުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އެ ރަށު ގަހާކޯޅި، ގދ. ފިޔޯރީ، މުޙައްމަދު ޙުސައިން (79އ) އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ މެންދުރު 01:42 އެހާކަންހާއިރު ކަމަށެވެ.

ފިޔޯރީ ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން ބުނީ އެ މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.