ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަދަކީ މި ޤައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ޚިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސް ކަމަށެވެ.
އަދި އެ ޚިދުމަތް އުފެދުނީއްސުރެ މިއަދާ ހަމަޔަށް އެކި ދުވަސްވަރު މަޤާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި ޢާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ޤައުމަށް ބޭނުންތެރި ޚިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެވުން ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މި ޤައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ޤާބިލް ބަޔެއްގެ ގޮތުގައި ދެމިތިބުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.