ގދ. މަޑަވެލީގައި ތަރައްޤީކުރާ 50 ހައުސިންގ ޔުނިޓް މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިއަދު އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

އަދި އެ މަޝަރޫޢު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފްއެވެ.

މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

450 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 06 ނޮވެމްބަރު 2025 ގައެވެ.

ހައުސިން މިނިސްޓްރީން ބުނީ އެ މަޝްރޫޢުގެ ދަށުން 3 ކޮޓަރީގެ 50 ހައުސިންގ ޔުނިޓް ޢިމާރާތްކުރާނެ ކަމަށެވެ.

މަޑަވެލީގައި އިމާރާތްކުރާ 50 ހައުސިން ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ކައުންސިލް މެންބަރުންނާއި މިމްސް ކޮންސްޓްރަކްޝަންގެ މެނޭޖިންގ ޑިރެކްޓަރު، ސަޢުދުﷲ ހިލްމީ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.