އަމާންކަން ގާއިމު ކުރުމަށް ސަރުކާރުގެ ޕާޓީއަށް ތާއިދުކުރަންޖެހޭ ކަމަަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ހޭލުން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ކުރިއެރުން ބޭނުންވަންޔާ ސަރުކާރު ހިނގާ ޕާޓީގެ ކެންޑިޑޭޓުންނަށް ކައުންސިލް އިންތިހާބުގައި ތާއީދުކުރަންޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ އެނޫން ގޮތަކަށް ކާމިޔާބު ނުލިބޭނެ ކަމަށެވެ.

އެ ނޫން ގޮތަކަށް ކުރިއަށް އޮތް 3 ަހަރުގެ ތެރޭގައި ކުރވޭނެ އެއްވެސް ކަމެއް ނެތް، އަޅުގަނޑު މިދަންނަވަނީ ސަރުކާރުން ނުކޮށްދޭނެ އެކޭ ނޫން. ހެޔޮ ހިތުން ކޮށްދިނުމާއި، މަޖުބޫރު ވެގެން ކަމައް ކުރުމާއި ތަފާތުތަކެއް ހުންނާނެ "

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ މާލޭސިޓީ ކައުންސިލަށް މޫސާ އަލީ ޖަލީލް ނުހޮވައިފިއްޔާ މާލެ އަށް ގެނެވޭނެ މާ ބޮޑު ރަނގަޅުތަކެއް ނޯންނާނެ ކަމަށެވެ.

މާލޭސިޓީ ރައްޔިތުން، މާލޭސިޓީ ކައުންސިލަށް މާލޭސިޓީގެ އެއްވެސް ދާއިރާއެއްގައި ދިރިއުޅޭ އެއްވެސް މީހަކު، އަޅުގަނޑު ގަބޫލުކުރާ ގޮތުގަ މޫސާ އަލީ ޖަލީލް ފިޔަވައި އެހެން ފަރާތަކަށް ވޯޓު ލައިގެން މާލެ އަށް ގެނެވޭނެ މާ ބޮޑު ރަނގަޅުތަކެއް ނޯންނާނެ"

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އަމާން ކަމާއި އޮމާން ކަން އަދި ހިތްހަމަޖެހުންވެސް ހުރިހާ ކަމަކާއެކީގައި ބޭނުންވަކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ގާސިމް ވަނީ އެކްގައި ކުރެއްވި ޕޯސްޓެއްގައި ‏މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޖަލީލު އެންޑޯޒްކޮށް، ތާއީދުކޮށްފައިވާ ކަަމަށް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ‏ހަމައެކަނި 1988 ވަނަ އަހަރު ނޮވެންބަރު މަހު ތިން ވަނަ ދުވަހު ދިވެހި ގައުމަށް ކުރިމަތިވި އުދުވާނީ ހަމަލައިން ގައުމު ސަލާމަތްކުރެއްވުމަށް، މޭ އައްޑަނައެއްގެ ގޮތުގައި ހައްދަވައިގެން ދުޝްމަނުންގެ ކުރިމައްޗަށް ހިތްވަރާއި އީމާންތެރިކަމާއެކު ނުކުންނެވުމުންވެސް އެމަނިކުފާނުގެ ގަދަފަދަ ގައުމީ އަޒުމު ސާބިތުކޮށްދޭ ކަމަށެވެ.

އެއިރުއްސުރެ މިއަދާ ހަމަޔަށްވެސް އެމަނިކުފާނު ހުންނެވީ އަބަދުވެސް ގައުމަށްޓަކައި ތައްޔާރަށްކަމަށާއި ކޮންމެ ސަރުކާރަކުން މަތިކުރެއްވި ކޮންމެ ވަޒީފާއެއްގެ ވާޖިބުވެސް އަދާކުރެއްވީ ތެދުވެރިކަމާއެކުކަމަށް ގާސިމް ވިދާޅުވިއެވެ. ފަސްބައިގާ ކިލަނބުކަމެއް ނެތްކަމަށާއި އެއްވެސް މީހަކާމެދު ކުޑައިމީސްކޮށް ކުރެއްވި ކަމެއް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ މޫސާ އަލީ ޖަލީލް އަކީ ހުލްގު ހެޔޮ، އެންމެންގެ ލޯބި ލިބިވަޑައިގެންފައިވާ ތަޖްރިބާކާރު ޝަހްސިއްޔަތެއްކަމަށެވެ.