މީހަކު ހިފަހަށްޓައި އަނިޔާކުރި މައްސަލައެއްގައި ފަސް ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ ފަސް ބިދޭސީންނެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:

އެމްޑީ ހޮސައިން (30އ)

އެމްޑީ މެހެދި ހަސަން (34އ)

އެމްޑީ ޝާ އަލަމް (39އ)

ސަރިފް ހަސަން (38އ)

ރަސަލް (20އ)

ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ކުރަނީ ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ެއޭގެ ތެރޭގައި ފުލުހުން ތައްޔާރުކޮށްފައިވާ ހާދިސާ ރިޕޯޓާއި އިންސިޑެންޓް ފޯމާއި ވިކްޓިމްއަށް ލިބިފައިވާ އަނިޔާގެ ފޮޓޯތަކާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާންތަކާއި މަންޒަރުދުށް މީހުންގެ ބަޔާން ހުށަހަޅާފައިވެއެވެ.

އަދި އެ މީހުން ބަންދުން ދޫކޮށްލައިފިނަމަ ފިލާފާނެކަމުގެ އިހުތިމާލު އޮތުމުން ބަންދުކުރަން ނިންމީ ކަމަށް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

އެހެންކަމުން ކޯޓު އަމުރުގައި ވަނީ އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.