ﷲ ވަނީ ބާއްޖަވެރިކަމުގެ އަސާސެއްކަމުގައި މައިންބަފައިން ލައްވާފައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ މައިންބަފައިންނަށް ކަމޭހިތުން ކަމަށް ވީއިރު، އެ ދެ މީހުންގެ ހައްގު ނުހަނު މަތިވެރި ކަމަށާއި، ދަރީންގެ ބާއްޖަވެރިކަމަށް ޓަކައި، އެ ދެ މީހުންވާ ގުރުބާނީގެ އަގު ވަރަށް ބޮޑުކަމަށްވެސް ބުނެފައިވެއެވެ.

އެއީ އިންސާނާ ދުނިޔެއަށް އައުމުގެ ސަބަބެއްކަމުގައި މެދުވެރިވި ފަރާތެވެ. އިހުސާންތެރިކަމާއި މާތްކަމުގައި މައިންބަފައިންނާ އަޅައިކިޔޭ ވަރުގެ ބަޔަކު ނުވެއެވެ. އެ ދެ މީހުންގެ ހެޔޮކަމަށް ބަދަލެއް ނުދެވޭނެއެވެ. މައިންބަފައިން ދަރީންނަށް ހެޔޮ އެދޭލެއް ބޮޑުކަމުން، އެބައިމީހުންނަށް ނުލިބޭ ނިއުމަތްތައް ވެސް ދަރީންނަށް ލިބުމަށް އެދެއެވެ. ދަރީން ހެޔޮ ގޮތުގައި ބޮޑުކުރުމަށް ޖާނާއި މާލުން ގުރުބާންވެއެވެ."

ހުކުރު ހުތުބާ

ހުކުރު ހުތުބާގައި ބުނީ އެ ފަދަ ބޮޑެތި ގުރުބާނީތަކެއްވާ ބަޔަކަށް ހެޔޮކޮށް ހިތުމަކީ، ދުންޔަވީ ނަޒަރަކުން ވިސްނައިލިކަމުގައި ވިޔަސް ކޮންމެހެން ލާޒިމުކަމެއްކަމަށް އިންސާނީ ބުއްދި ގަބޫލުކުރާ ކަމަށެވެ.

މީގެ އިތުރުން އިސްލާމްދީނުގައި މައިންބަފައިންނަށް އޯގާތެރިވެ، އަޅައިލައި، ކިޔަމަންތެރިކަން އަދާކުރުމަށް އަމުރުކުރައްވައިފައިވާކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ކީރިތި ގުރްއާނުގެ ހަތް ތަނެއްގައި ﷲ تَعَالَى މައިންބަފައިންގެ ވާހަކަ ބަޔާންކުރައްވައިފައިވެއެވެ. އޭގެ ތެރެއިން ހަތަރު ތަނެއްގައި ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށާއި، އެކަލާނގެއަށް ޝަރީކުނުކުރުމަށް އެންގެވުމާ ވިދިގެން މައިންބަފައިންނަށް ކިޔަންމަންތެރިކަން އަދާކުރުމުގެ ވާހަކަ ބަޔާންވެގެންވެއެވެ."

ހުކުރު ހުތުބާ

މައިންބަފައިންނަށް ކަމޭހިތުމަކީ މުސީބާތްތަކުން ސަލާމަތްވެވޭ، ބަރަކާތް ހާސިލުކޮށްދޭ އަދި ދުއާ އިޖާބަކުރެއްވުމުގެ ސަބަބެއް ކަމަށާއި އެ ކަމުގެ ސަބަބުން ހިތަށް ހަމަޖެހުންލިބި، ދިރިއުޅުން ރަނގަޅުވެގެންދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނީ މައިންބަފައިންނަށް ކިޔަމަންތެރިވެ އިހުތިރާމުކުރުމަކީ ސުވަރުގެ ވަދެވުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށެވެ. އަދި މައިންބަފައިން ދަރިންނަށްޓާކައި ގުރުބާންކުރަނީ އެ މީހުންގެ އަމިއްލަ އުފާތައް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

އެ ދެ މީހުންގެ އުފާތައް ގުރުބާންކޮށްފައި ވެސް ދަރީން އުފަލުގައި ބޭތިއްބުމަށް ގަދައަޅައި މަސައްކަތްކުރެއެވެ. ދަރީންނަށް ޓަކައި އެ ދެ މީހުންގެ ޙަޔާތް ގުރުބާންކުރެއެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ އަހަރެމެންގެ ސަލަފުން މައިންބަފައިންނަށް ހެޔޮކޮށްހިއްތެވުމުގައި ލާމަސީލު ނަމޫނާތަކެއް ދައްކަވައިފައިވާކަމަށެވެ. އަދި އެ ފަދަ ހާދިސާތަކުން އިބުރަތްހާސިލުކޮށް، މައިންފަބައިންނަށް ހެޔޮކޮށްހިތާ ބަޔަކުކަމުގައި ލެއްވުމަށް އެދި ހުތުބާގައި ވަނީ ދުއާ ކޮށްފައެވެ.