ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުން ބުނީ ވިލާ އެ ސްކޫލުގައި 2026 ވަނަ ދިރާސި އަހަރު ކިޔެވުމަށް އެދޭ ދަރިވަރުންނަށް، އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެކަމަށެވެ.

ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުގެ 2026 ވަނަ އަހަރުގެ ގެ ފާހަގަ ކޮށްލެވޭ ކާމިޔާބުތަކަށް ބަލާލާއިރު، އެ ސުކޫލަކީ ރާއްޖޭގައި އެލެވެލްގެ އެއްމެ ގިނަ މާއްދާތައް ކިޔަވައިދޭ ސްކޫލެވެ.

ވިލާ އިންޓާނޭޝަނަލް ހައި ސްކޫލަލީ މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން ރާއްޖޭއިން އެއްމެ ގިނަ ދަރިވަރުން ޓޮޕްޓެންގައި ހިމެނިފައިވާ ސްކޫލެވެ. އެގޮތުން 106 ދަރިވަރުން ގައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާއިރު، 32 ދަރިވަރަކު ވަނީ 'ހައި އެޗީވާސް' ސްކޮލަޝިޕް ހާސިލްކޮށްފައިވެއެވެ.

ހުރިހާ މާއްދާތަކަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުން ނިސްބަތުން އެންމެ ގިނައިން ހިމެނިފައިވަނީ ވެސް ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުންނެވެ. މިގޮތުން އެވެރެޖްކޮށް ހުރިހާ މާއްދާ އަކުންވެސް ރާއްޖޭގެ ނިސްބަތުން 26 އިންސައްތަ އާއި 30 އިންސައްތަ އާ ދެމެދުގެ އަދަކީ އެ ސްކޫލުގެ ދަރިވަރުންނެވެ.

މީގެ އިތުރުން، އެކައުންޓިންގް މާއްދާއިން 52 އިންސައްތަ، ފިޒިކްސް އިން 42 އިންސައްތަ އަދި ޒްނަސް ސްޓަޑީޒް އިން 40 އިންސައްތަ ދަރިވަރުންނަކީވެސް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުންނެވެ.

2025 ވަނަ އަހަރު އޭލެވެލްއާ އެކު ވިލާ ކޮލެޖުގެ ސީ-(C4) 4 ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުން ހިމެނޭހެން، ގްރެޖުއޭޓްވި ދަރިވަރުންގެ 98 އިންސައްތަ އަކީ ޔުނިވާސިޓީ ތައުލީމަށް ސިދާ ޝަރުތުހަމަވާ ދަރިވަރުންނެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ދަނީ ރާއްޖޭގެ ތައުލީމީ ފެންވަރު މަތިކޮށް، އިލްމީ މޮޅުކަން ހާސިލްކުރުމުގައި އައު އުސްމިންތަކެއް ގާއިމުކުރަމުންނެވެ. އަދި ސްކޫލުގެ މުސްތަގުބަލުގެ އަމާޒަކީ ރާއްޖޭގައި އެންމެ މަތީ ނަތީޖާ ނެރޭ ސްކޫލުގެ މަގާމު އަބަދުވެސް ދިފާއުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ އެވްރެޖަށް ވުރެ މަތީގައި ނަތީޖާތައް ދެމެހެއްޓުމެވެ.

ދަރިވަރުންނަށް ހަރިންމާއިން ބޭރުން އުގަންނައި ދިނުމުގެ މަގްސަދުގައި ރާއްޖެއާއި ރާއްޖެއިން ބޭރުން ކުރާ ދަތުރުތަކަކީވެސް ފާހަގަ ކޮށްލެވޭކަމެކެވެ.

އެ ސްކޫލުން ގިން އަދަދެއްގެ ސްކޮލާޝިޕްގެ ފުރުސަތު ތަޖެއް ފަކި ކޮށްފައިވާ އިރު، އެ ސްކޮލާޝިޕްގެ ފުރުސަތު ތަކަށް ބަލާލާއިރު، ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސް، ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕް، އަދި ސްޕޯޓްސް ސްކޮލާޝިޕް ހިމެނެއެވެ.

ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގެ ދަށުން މިއަހަރު އޯލެވެލް އިމްތިހާނުން 1 ވަނަ ނުވަތަ 2 ވަނަ އަދި 3 ވަނަ ހޯދާފައިވާ ދަރިވަރުންނަށް ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން ހިލޭ ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕަކީ ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތެވެ. އަދި ސްޕޯޓްސް ސްކޮލާޝިޕަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް ދެވޭ ޓިއުޝަން ފީގެ އިނާޔަތެވެ.

ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުން ބުނީ އެ ސްކޮލާޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް ބަލައިގަނެ، އެކުދިންގެ ތައުލީމީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުން ކަމަށާއި، އެ ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ގާބިލިއްޔަތު ދެނެގަނެ، އެކުދިންގެ ކުރިމަގު އުޖާލާކުރުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ދެވޭ ފުރުސަތުތަކެއް ކަމަށެވެ.

އެ ސްކޫލަށް ވަނުމާ ގުޅޭ މައުލޫމާތާއި، ސްކޮލަރޝިޕްތަކުގެ ތަފްސީލު އަދި ކިޔަވައިދޭ މާއްދާތަކާ ގުޅޭ އިތުރު މައުލޫމާތުގެ އިތުރުން ލިބެން ހުރި ޖާގައިގެ ތަފުސީލު ސްކޫލުގެ ރަސްމީ ވެބްސައިޓް(https://vihs.edu.mv) އިން ލިބެން ހުންނާނެ ކަމަށްވެސް ވިލާ އިންޓާނޭޝަނަލް ހައި ސްކޫލުން ބުނެފައިވެއެވެ.

ކިޔަވަން ބޭނުންވާ މާއްދާތަކުން ފުރުސަތު ދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށްވާތީ ވީހާވެސް އަވަހަކަށް އެޕްލިކޭޝަން ހުށަހެޅުމަށް ސަމާލުކަން ދޭންޖެހޭ ކަމަށެވެ.