މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވައިލައްވައިފިއެވެ.
އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިކަމާ ގުޅިގެން އެ ކޮމެޓީން ގެޒެޓުގައި ރުނު އިއުލާނުގައި ވަނީ އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުކޮށްފައެވެ.
އުސޫލުގައިވާ ގޮތުން އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނ،ީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފައިވާ "ގައުމީ އިނާމާބެހޭ ކޮމިޓީ" އިންނެވެ. އަދި ގައުމީ އިނާމުގައި ހިމެނޭނ،ީ 2 ގިންތިއެވެ. އެއީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއ،ި ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނ،ީ އައްޑަނައަކާއ،ި ޝަރަފުގެ ބެޖަކާއ،ި ހަނދާނީ ލިޔުމެކެވެހިތްވަރުދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނ،ީ ހަނދާނީ ފިލައަކާއ،ި ހަނދާނީ ލިޔުމެކެވެ.
ގައުމީ އިނާމަށް މިއަހަރުވެސް ހުޅުއްވައިލެއްވީ މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އިތުރުން ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ނަން ހުށަހެޅޭނެއެވެ.
މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސް އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް (http://apply.presidency.gov.mv) މެދުވެރިކޮށްގެންނެވެ.
އިނާމަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކޮށް ހުށަހެޅުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އިލްތިމާސްކޮށްފައެވެ.