2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ލ.މާބައިދޫ، ސަބުނަމްހައުސް / ހުސައިން ޝަހްބާން (29އ) ވަނީ ކޯޓު އަމުރެއްގެ ދަށުން 2026 މާރިޗު 22 ވަނަ ދުވަހުގެ ރޭ ހައްޔަރު ކޮށްފަކަމަށެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައި ވާކަމަށެވެ.

ގަލޮޅު މޯޗަރީ ކައިރީ ހުރި ގުދަނެއްގައި ރޯވެގެން ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވަނީ ގާތްގަނޑަކަށް މިއަދު 11:00 ޖަހާކަށްހާއިރުއެވެ.އަދި އަލިފާން އެންމެ ބޮޑަށް ރޯވެފައި ހުރި ވަގުތު ބޭރަށް ވަނީ ހުޅު ފަޅައިން ގޮސްފައެވެ. އަދި ކަޅު އޮލަ ދުންތައް ބޭރުވާ މަންޒަރު ފެނެއެވެ.

ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވީ ސަބަބެއް އަދި މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައި ނުވެއެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.